އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން ފުލުހުން ވީޑިއޯ އާންމު ކޮށްފޮއެވެ.

ފުލުހުން ބުނީ، އާންމުކުރި ވީޑިއޯ އިން ފެންނަ މީހުންނަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދާ ބައެއް ކަމަށެވެ. އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހުން ކަމަށާއި އެމީހުންގެ މައުލޫމާތު އެންގޭ ނަމަ ފުލުހުންނަށް ހިއްސާކުރުމަށް އެދިފައި ވެއެވެ.

އެ ވީޑިއޯއިން ފެންނަނީ ހުޅުމާޅޭގެ މަގެއްގައި ފާކުކޮށްފައިވާ ކާރެއްގައި ސައިކަލެއް ޖެހިގެން އުޅޭ މަންޒަރެވެ. އެ ސައިކަލު ދުއްވަން އިނީ އަންހެނެކެވެ. އެ އެކްސިޑެންޓް ހިނގުމާއެކު އެ ސަރަހައްދަށް ތިން ސައިކަލެއް އައިސް މަޑު ކުރެއެވެ.

https://www.youtube.com/watch?v=yHLGI30iJ4A&t=112s

އަދި އެކްސިޑެންޓްވީ ސައިކަލު ދުއްވި އަންހެން މީހާއަށް އެހީތެރިވެއެވެ. އެއަށް ފަހު އެތަނަށް އެއްވި ސައިކލަުތައް އެތަނުން ދެއެވެ. އަދި އެކްސިޑެންޓްވީ ސައިކަލު ވެސް އެތަނުން ދެއެވެ.

ފުލުހުން ބުނީ، އެ ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅައިގެން ހިއްސާ ކުރުމަށެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކޮށް އާންމުންނަށް ފުލުހން ވަނީ ޝުކުރު ވެސް އަދާ ކޮށްފައެވެ.