އެސްޓީއޯ އިން ލުނބޯ ކިލޯއެއް 50 ރުފިޔާ އަށް ވިއްކަން ނިންމައިފިއެވެ.

އެސްޓީއޯ އިން މި ނިންމުން ނިންމީ، ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާ ގުޅިގެން ރަމްޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އެސްޓީއޯ އިން ބުނީ، ލުނބޯ ވިއްކަން ހަމަޖެހިފައި ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓާ, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން ކަމަށެވެ. މިހާރު މި ތަންތަނުން ލުނބޯ ކިލޯއެއް 50 ރުފިޔާ އަށް ވިއްކާ އިރު، 25 ކިލޯގެ ލުނބޯ ބަސްތާއެއް ވިއްކަނީ 1175 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމްޟާން މަސް ފެށެން ގާތްވާއިރު، ބާޒާރުގައި އަގު އުފުލިގެންދާ ބާވަތްތަކުގެ ތެރެއިން ލުނބޯއަކީ ފާހަގަ ކޮށްލެވޭ އެއް ބާވަތެވެ. އަދި ބާޒާރުގައި މިގޮތަށް ކާބޯތަކެތީގެ އަގުތައް އުފުލުމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމަކަށް ވާއިރު، މި ސަރުކާރުން އަންނަނީ އަގުތައް ކޮންޓްރޯލް ކޮށް ހިފެހެއްޓޭނެ ގޮތްތައް ހަމަޖައްސަމުން ކަމަށް ބުނެފައި ވެއެވެ.