މި އަހަރު އެމްޕީއެލް އިން އުމްރާ ދަތުރު ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނަށް އުމްރާ ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިއީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން މުވައްޒަފުންނަށް ދޭ ފުރުސަތެކެވެ. އެ ގޮތުން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގައި މަސައްކަތް ކުރާ ތިން މުވައްޒަފަކަށް މި ފުރުސަތު ފަހިކޮށްދެއެވެ.

އެގޮތުން މިއަހަރު އުމްރާ ދަތުރު ދިއުމުގެ ފުރުސަތު ހަމަޖެހިގެން ދިޔަ 3 މުވައްޒަފަުންނަށް އުމްރާ ދަތުރު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް ދެއްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ. މި އަހަރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު އެމްޕީއެލްގެ މުވައްޒަފުންނަކީ ފަސީލް މުހައްމަދު، ހާމިދު މުހައްމަދު އަދި އަމީޒާ އަލީ އެވެ.

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކު ވެސް 3 މުވައްޒަފުން އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވާ އިރު، ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ.