އެޗްޑީސީ އިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ 75 ބައިވެރިއަކަށް މިއަދު ސަނަދު ދީފިއެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ ކުރިއަށް ދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ފަރާތްތަކަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުންކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ބިދޭސީންނަށްވުރެ ގިނައިން އެ ވަޒީފާތަކުގެ ފުރުސަތުތައް ޒުވާނުންނަށް ފޯރުކޮށްދީ، ޒުވާނުން ގާބިލު ބަޔަކަށް ހެދުންވެސް ހިމެނެއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ގައުމު ތަރައްގީ ކުރުމުގައި، ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީ އިން ކުރާނެކަމަށެވެ.

6 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި 10 ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފައެވެ. އެއީ:ެ

  1. ހެވީވެހިކަލް
  2. ގާރޑަނިން
  3. ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް
  4. އިންވެންޓްރީ މެނޭޖްމަންޓް
  5. ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
  6. ހައުސްކީޕިން
  7. ފްރަންޓް އޮފީސް ސާވިސަސް
  8. ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
  9. ޕެއިންޓިން އެންޑް ޑެކަރޭޝަންސް
  10. ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީ އިން ހިންގި މިފަދަ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ތަމްރީނުމުގެ ފުރުސަތު ވަނީ ހޯދައިދީފައެވެ. މި ޕްރޮގްރާމް ނިންމި ފަރާތްތަކަށް ވަނީ ޯމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ދީފައެވެ.