ވިލާތުގެ އިއްތިހާދުގެ އިތުރުން އިތުރު ތިން ގައުމަކަށް އާ ސަފީރުން އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ނަން ފޮނުވައިފިއެވެ.

މިގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކަކީ:

  • މަސްއޫދު އިމާދު / މއ. ތުޅާގިރި - ލަންކާ އަށް
  • ޑރ. މަރިއަމް ޝަބީނާ އަހްމަދު / މ ރުށްފުށި - މެލޭޝިއާ
  • ގީލާ އަލީ / މ. ގީލާވިލާ - ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް

މި ތިން ބޭފުޅުންގެ ތެރެއިން ގީލާ ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވުމުގެ އިތުރުން، އިނގިރޭސިވިލާތުގެ ލަންޑަނާއި ސްވިޓްޒަލޭންޑުގެ ޖެނީވާގައި މަސައްކަތްކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މި ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ އަށް ފޮނުއްވައިފައެވެ.