މާލެއާއި 30 ރަށެއްގައި ސްޓެލްކޯގެ ކްލީނިން ޑޭ ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މަސައްކަތުގެ މާހައުލަކީ ސާފުތާހިރު މާހައުލަކަށް ހެދުމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އެ ކުންފުނީގެ ކްލީނިން ޑޭ ހަރަކާތްތައް އިއްޔެ ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކުންފުނީގެ ހުރިހާ އޮފީހަކާއި ޕަވާ ހައުސްއެއްގައި ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިއީ އަހަރަކު އެއް ފަހަރު ސްޓެލްކޯއިން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގެ މަގުސަދަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމާއި މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މުވައްޒަފުންނަށް ހިތްވަރުދިނުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ އެ ހަރަކާތްތައް ގްރޭޓާމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުންގެންދާ 30 ރަށުގައި ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.