މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހީމް ޝަރީފަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކެލާ ދާއިރާގެ ޕްރައިމަރީގައި އަހްމަދު ޣާލިބް އާ ވާދަކޮށް ޝަރީފަށް ލިބިވަޑައިގަތީ 140 ވޯޓެވެ. ތިން ވޯޓުގެ ތަފާތަކުން ޣާލިބް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 165 ވޯޓުންނެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރަކު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ޝަރީފް އަކީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މެންބަރެކެވެ. މީގެ އިތުރުން މަޖިލީހުގެ ނުފޫޒުގަދަ މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޝަރީފް ވަނީ އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުން ތަކާއެކު ފައްޔާޒު އިސްމާއީލް ވަރަށް ބޮޑަށް ދިފާއުކުރައްވި މެންބަރެއްގެ ގޮތުގައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސްކަމުގައި އޭރު ހުންނެވި ރައީސް މުހައްމަދު ނަޝީދު އާއި އަދި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ދުކުރުކުރުމަށް އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މަސައްކަތުގައި ވެސް ޝަރީފް ވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވެފައެވެ.
ޝަރީފު ދެންގޮސް ރަށުގެ ގޮޑުދޮށުގަ ޕާލިމެންޓްރީ ގްރޫޕް ހަދައިގެން އޮވޭ ކަލޭގެ ބޮޑޭކަން އިންތިހާޔަށް ގޮސްފަހުއްޓަ ތިޕްރައިމަރީ ބޭއްވީ