އެމްޑީޕީ ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓު ހޯއްދެވި، އަދި މިހާރުވެސް މޭޔަރު ކަމުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ހޯއްދެއްވި ބޮޑު ކާމިޔާބީ ފާހަގަ ކުރެއްވުމަށް ސިޓްރޯން ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އާޒިމް ވިދާޅުވީ އެމްޑީޕީއަށް ވަތް ދުވަހުން ފެށިގެން އެމްޑީޕީގެ މެންބަރުން ދެއްވި ލޯތްބާއި އިހުތިރާމަކީ ހިތުން ދުވަހަކު ވެސް ފޮހެވިގެންދާނެ ކަމެއް ނޫންކަމަށެވެ.
އާޒިމް ވިދާޅުވީ މިއީ އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ކަމަށާއި އަދި އެ ޕާޓީއަކީ އަބަދު ވެސް ވާދަވެރި އިންތިހާބުތައް ބާއްވައިގެން ކުރިއަށްދާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ ކުރިއަށް ގެންދިޔުމަށްޓަކައި ކޮށްދެވޭ ހުރިހާ މަސައްކަތްތަކެއް އަބަދުވެސް ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވަމުން އާޒިމް ވަނީ އެމްޑީޕީއަކީ، މި ގައުމުގައި ހުރިހާ ކަމެއް ހަމަމަގަށް ބަދަލު ކުރި ޕާޓީގެ ގޮތުގައި ސިފަކުރައްވާފައެވެ.
މާލޭގެ މޭޔަރު ކަމުގެ ޓިކެޓް ކަށަވަރުވެފައިވާ މިހާރުގެ ވެސް މޭޔަރު އާޒިމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ ކެންޑިޑޭޓެވެ. އަލީ އާޒިމަށް ތާއީދު ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
