މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށްޓަކައި ސޮވަރިން ގެރެންޓީ ދީގެން ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ ކަން ފާހަގަކުރެވުނު ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު މިވީހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދީފައިވާ ކަމަށެވެ.

"މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔޫޓިލިޓީ ބިލުތަކަށް ފައިސާ ނުދެއްކި، ދަރިންގެ ޓިއުޝަން ފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަން ޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއް ނޫން އަދި އެއީ ލިބޭ ވަރަށްވެސް ބޮޑު ހިތްދަތިކަމެއް." 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އަދިވެސް މަސްވެރިންނަށް 190 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށް ތަފާސްހިސާބުތަކުން ހާމަވާ ކަމަށާއި، ސޮވަރިން ގެރެންޓީ ދީގެން ފެސިލިޓީ އެއް ހޯދައި މަސްވެރިންނަށް އެ ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޔަގީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން، އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައް ވެސް ހައްލުވެ މި ސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުން،"

މަސްވެރިޔަކު ވީޑިއޯ އެއް މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިއްޔެ ވިދާޅުވީ:

  • ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސާނަން ކަމަށް
  • މަސްވެރިންނަށް ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވާން ނުޖެހޭ ފަދަ ގޮތަކަށް ކުރިއަށް އޮތް ތަނުގައި ކަންކަން ރޭވިގެން ދާނެ ކަމަށް