ހުޅުމާލެ އިން ސިނަމާލެ ބްރިޖަށް އަރަން ދާ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލްތައް ހަރުކޮށްފައިވާ ދަގަނޑު ތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 12:31 ގައި ކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް އެކްސިޑެންޓްވީ ކާރަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.