ށ. މިލަންދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދިޔަ ޑިންގީ އެއް ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލައިފިއެވެ.

ސިފައިން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 10:23 ހާއިރު ކަމަށާއި، ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުމުން، އުތުރުގައި ހަރަކާތްތެރިވާ ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް، ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މީޑިއާ އަށް ސިފައިން ދިން މައުލޫމާތުން އެނގިފައިވާ ގޮތުގައި، ޑިންގީއެއްގައި ކުޅުދުއްފުށިން މިލަންދު އަށް ދަތުރުކުރީ ދެ މީހުންނެވެ.

އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކުން މިރޭ އެ ދެ މީހުން ނަގާފައިވާ ކަމަށް، 12:21 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.