ހދ. ހަނިމާދޫ އެއާޕޯޓުން ފުރަން ދިޔަ ދިވެއްސަކު އަތުގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކުރީ މިއަދުއެވެ.

އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާއިރު މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއާޕޯޓުގެ މުދަލާއި މުވައްޒަފުންނާއި އަދި އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެއާޕޯޓުގައި ބޭނުންކުރުން މަނާ އެއްވެސް އެއްޗެއް އޮތްކަމަށް 'ސަމާސާ' އަށް ބުނުމަކީވެސް ވަރަށް 'ސީރިއަސް' މައްސަލައެއްގެ ގޮތުގައި ބަލާ ކަމެކެވެ. ރާއްޖޭގައި މަދުން ނަމަވެސް މި ފަދަ ހާދިސާތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ.