ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއ@ ނުލާ އިތުރު 10 މީހަކު ކަށަވަރުކޮށްފިއެވެ.

އެމްޑީޕީ އިން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އިތުރު 10 ފަރާތަކަށް ޕްރައިމަރީއާ ނުލާ ޓިކެޓް ކަށަވަރު ވެފައިވާ ކަމަށެވެ.

ޕްރިމަރީއަކާއި ނުލާ ޓިކެޓް ކަށަވަރުކޮށްފައިވާ ފަރާތްތަކަކީ:

  1. އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
  2. ސަލީމް ހުސައިން - އިނގުރައިދޫ ދާއިރާ
  3. އަލީ ނިޔާޒު - ކުރެންދޫ ދާއިރާ
  4. ޝާތިރު އަބްދުއްރަހްމާން - ހުރާ ދާއިރާ
  5. ރުގިއްޔާ މުހައްމަދު - ދަނގެތީ ދާއިރާ
  6. މޫސާ ޝިޔާމް އަބްދުﷲ އަލީ - މުލަކު ދާއިރާ
  7. އަބްދުﷲ ޝަރީފް - ގަމު ދާއިރާ
  8. އަހްމަދު ސައީދު - ގެމަނަފުށީ ދާއިރާ
  9. އަހްމަދު ސައީދު މުހައްމަދު - ގައްދޫ ދާއިރާ
  10. އިބްރާހީމް މުއިއްޒު - ހެންވޭރު އިތުރު ދާއިރާ

މީގެ ކުރިން ވެސް 34 ދާއިރާއަކަށް ޕްރައިމަރީ އާއި ނުލާ ޓިކެޓް ކަށަވަރުކޮށްފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީގައި 44 ދާއިރާއެއްގެ ނުބާއްވާނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިރުރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 6 ވަނަ ދުވަހެވެ.