އެމްޕީއެލްގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެން، އައިމިނަތު ހަމީދު އޮފީހަށް ވަޑައިގަތުމުން މަރުހަބާ ދަންނަވައިފިއެވެ.

އެމްޕީއެލްއިން ބުނީ އައިމިނަތު މިއަދު ހެޑް އޮފީހަށް ވަޑައިގަތުމުން އެ ކުންފުނީގެ ސީއީއޯ ވަޖީހުއާއި ޑެޕިއުޓީ ސީއީއޯ ހާޝިމް އަދި މެނޭޖްމަންޓްގެ ޓީމުން ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ.

އައިމިނަތު އަކީ އެމްޕީއެލްގެ ތާރީހުގައި ޗެއާޕާސަން ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާކަން ފާހަގަކުރައްވާ އެމްޕީއެލްއިން ވަނީ ޗެއާޕާސަނަށް ހުރިހާ މުވައްޒުންގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.

އައިމިނަތު އެ މަގާމަށް އައްޔަންކުރައވާފައިވަނީ އިއްޔަންކުރައްވާފައިވަނީ އިއްޔެ ކަމަށްވާއިރު އައިމިނަތު އަކީ އެމްޕީއެލްގެ ފުރަތަމަ އަންހެން ޗެއާޕާސަން ކަމަށްވާއިރު މިއީ ރާއްޖޭގެ "އޭ" ކެޓެގަރީ ކުންފުންޏެއްގެ ޗެއާޕާސަން ކަމަށް އަންހެން ބޭފުޅަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ބޭރުން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ އައިމިނަތު މީގެ ކުރިން ވަނީ ރީޖަނަލް އެއާޕޯޓްސްގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

އޭގެ އިތުރުން ތިލަފުށި ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަންވެސް އައިމިނަތު ވަނީ ކުރައްވާފައެވެ.