379 ފަސެންޖަރުންނާއެކު ޖަޕާނުގެ ޓޯކިޔޯގެ ހަނީދާ އެއާޕޯޓަށް ޖައްސަނިކޮށް ރަންވޭ މަތިނ ކޯސްޓްގާޑުގެ މަތިންދާބޯޓަކާ ޖެހި ހިނގި އެކްސިޑެންޓުގައި ކޯސްޓްގާޑު ބޯޓުގެ 6 ފަޅުވެރިންގެ ތެރެއިން 5 މީހަކު މަރުވެފައި ވާކަމަށް ހަބަރުތަކުން ބުނެފިއެވެ.

މިހާދިސާގައި ފަސެންޖަރު ބޯޓުގައި ރޯވި ނަމަވެސް އެ ބޯޓުން ދަތުރު ކުރި އެންމެނާއި ކްރޫއިން ވަނީ ސަލާމަތުން ބޯޓުން ފައިބާފައެވެ.

ދެ ބޯޓު އެކްސިޑެންޓް ވާ މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖްތަކުން ހާމަ ވާ ގޮތުގައި, ފަސެންޖަރު ބޯޓު ޖައްސަން ރަންވޭއަށް ތިރިކޮށްލި ވަގުތު އެހެން ބޯޓެއްގައި ޖެހި އަލިފާން ރޯވެއެވެ. އެއާއެކު އެ ބޯޓަށް ދުރަސް ގޮށް މަޑުކޮށްލެވޭ އިރުވެސް ރޯވެ އަނދައެވެ. ހަމަ އެވަގުތު އެކްސިޑެންޓްވި ކޯސްޓްގާޑުގެ ބޯޓު ރޯވެ ގޮވާތަންވެސް ފެނެއެވެ.

މިހާދިސާ އާ ގުޅިގެން ކޯސްޓްގާޑުން ބުނެފައި ވަނީ, އެމީހުންގެ ބޯޓު މަސައްކަތް ކުރީ, ޖަޕާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާއެކު ހާލުގައި ޖެހުނު ސަރަހައްދަކަށް ދިޔުމަށް އެހިގެ ތަކެއްޗާއެކު ރަންވޭން ނައްޓާލުމަށް ކަމަށެވެ.

މިހާދިސާ އާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ ހާދިސާ ހިނގިގޮތް ތަހުގީގު ކުރުމަށާއި, މިހާރުގެ ހާލަތު ދެނެގަނެ ކަން ހިނގި ގޮތް އާންމު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.