ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާ ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް އެއީ ދިވެހިންނަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އިއްޔެ ބޭއްވި ކެބިނެޓަށް ހުށަހަޅުއްވާފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރެވުމަށްފަހު ވަރަށް ގިނަ ދާއިރާތަކެއް، ވަކި ތާވަލުތަކެއްގެ މައްޗަށް ބަހާލައިގެން ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ދާއިރާތައް:

  • ހެޔާ ޑްރެސާ
  • ބިއުޓީޝަން
  • ބޭބީ ސިޓާ
  • ފާސަނަލް ޓްރައިނާ
  • އިލެކްޓްރިޝަން
  • ގެސްޓް ރިލޭޝަން އޮފިސާރުން
  • ޓުއާ ގައިޑަރުން
  • ޑައިވާރުން
  • ފޮޓޯގްރަފަރުން
  • އިލެކްޓްރިކަލް އިންޖިނިއަރުން
  • މެނޭޖަރުން (ހައުސްކީޕިން، ހިއުމަން ރިސޯސް، ފްރަންޓް އޮފީސް)
  • އެކައުންޓެންޓުން
  • އިމާމުން
  • ނަރުހުން
  • ޓީޗަރުން
  • އިންސްޕެކްޓަރުން
  • ސާވެއަރުން
  • ސައިޑް ސްޕަވައިޒަރުން
  • ޕައިލެޓުން

ނާޒިމް ވިދާޅުވީ މި ދާއިރާތަކަކީ ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތަކާއި ތާވަލެއް އެކުލަވާލައިގެން ފުރިހަމަ ކުރުމަށް އިއްޔެ ކެބިނެޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާއެރުވުމާ ގުޅިގެން އެގޮތަށް ނިންމާފައިވާ ކަމަށެވެ.

ޒުވާނުންނަށް ހާއްސަ އިސްކަމެއް ދީގެން ޒުވާނުންނާ ގުޅުންހުރި ކަންތައްތައް ކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅަކަށްވާއިރު އޭގެ ތެރޭގައި ބޯހިޔާވަހިކަމާ އެހެނިހެން ކަންކަންވެސް ހިމެނެއެވެ.