އުރީދޫ ފަން ރަންގެ ހަރަކާތްތައް މާދަމާ ހެދުނު ފެށުމަށް ނިންމައިފި އެވެ.

އުރީދޫން ބުނީ ފަން ރަން ވީކެންޑް މާދަމާ ހެނދުނު 08:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު ޑްރޯން ރޭހާއި، 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އުރީދޫ ފަން ރަން ދުވަހުގެ ޕްރޮގްރާމްތައް ތާވަލު ކޮށްފައި ވަނީ:

  • އުރީދޫ ޑްރޯން ރޭސް (މާދަމާ ހެނދުނު 8:00 އިން 11:00 އަށް)

ރާއްޖޭގަ ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭސް – އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ ވާދަކުރާ ރޭހެކެވެ. އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް 1ވަނަ 2ވަނަ އަދި 3ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފަ އެވެ.

  • އުރީދޫ ފަން ރަން (މާދަމާ ހަވީރު 3:30 އިން 6 އަށް)

އުރީދޫ ފަން ރަން – މި ދުވުން އޮންނާނީ މާދަމާ ހުޅުމާލޭގައި ހަވީރު 3:30 އިން ފެށިގެން 6 އަށެވެ. މަޖާ 5ކޭ މި ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ވެސް މި ދުވުމުގައި ބައިވެރިވާނެއެވެ. ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސް ތަކާއި އެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފަ ޖޮގް ކޮށްލާފަ ނުވަތަ ނަށާލާފަވެސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިހްތިޔާރު ކުރެވޭނެ ކަމަށް ވެއެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝާ މެޑަލްގެ އިތުރުން މިއުޒިކް ޝޯއަކާ އެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • އުރީދޫ މިއުޒިކް ފެސްޓިވަލް (މާދަމާ ރޭ 8:00 އިން ފެށިގެން 12 އަށް)

އެހެން އަހަރު ތަކެކޭ އެއްފަދައިން ފަން ރަން ނިންމާލުމަށް ފަހު އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގނޑު 8 ޖަހާއިރު ފެށުމަށް ނިންމާފައި ވެއެވެ. މި ޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު މިއުޒިކް ޝޯ ގައި ގުބޫލު އާޓިސްޓުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރު އަދި ޑިޓިއުންގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ހިމެނެ އެވެ.