ހުޅުމާލެ ފޭސް 2 ކާމިލް ދީދީ ސްކޫލް ކައިރި 2 ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި 2 ކާރު ޖެހި ހިނގި އެކްސިޑެންޓުގައި އެއް ކާރު މަޑުނުކޮށް ގޮސްފައިވާ ކަމަށް ރޭ 11:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއް ކާރުގައި ތިބި 4 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓުވި އެއް ކާރު ދުއްވި މީހާ އަތުގައި ލައިސަންސް އޮންނަކަމަށާއި އެކްސިޑެންޓް ވުމުން މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.