މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ދެ އިންޖީނެއް ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިރޭ 9:15 ހާއިރު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި ވާއިރު އޭގެ ތެރޭގައި މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކާއި ހެންވޭރުގެ ބައެއް ސަރަހައްދުތައްވެސް ހިމެނެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ދެ އިންޖީނެއް ނިވިގެން ކަމަށާއި މިހާރު ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިރުކޮޅެއްގެ ތެރޭ ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކެނޑުނު ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓްގެ ހިދުމަތް ލިބިފައެވެ.

އިންޖީނު ނިވެން ދިމާވި ސަބަބު ސްޓެލްކޯއިން ހާމަކޮށްފައި ނުވާއިރު ސްޓެލްކޯއަކީ ކަރަންޓްގެ މަސައްކަތެއް ކުރާނަމަ ކުރިއާލާ އެކަން އާންމުންނަށް އަންގާ އާންމުންގެ ސަމާލު ކަމަށް ގެންނަ ކުންފުންޏެކެވެ.