މަޖިލީސް މެންބަރުންގެ މުސާރަ 100،000 އަށް ބޮޑުކޮށް، ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފިއެވެ.
ހިނގަމުން ދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށް މަޖިލީހުގެ މްންބަރުންގެ މުސާރަ 100,000 ރުފިޔާއަށް ބޮޑު ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު މަޖިލީސް ކުރާ ގޭގައި ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ތަފާތު ހިޔާލުތަކެއް ހުށަހެޅުމަށް ފަހު ފާސް ކުރީ އަސާސީ މުސާރަ 80,000 އަށް ބޮޑުކޮށް މިހާރުވެސް ލިބޭ ގޮތަށް ކޮމިޓީ އެލަވަނަސް 20,000 ރުފިޔާ ލައިގެން ޖުމްލަ 100,000 ރުފިޔާގެ މުސާރައެއް މެންބަރުންނަށް ޖެހޭގޮތަށެވެ.
މި ބަދަލު މިއަދު ކޮމިޓީން ފާސްކޮށްފައި ވާ އިރު, ޔައުމިއްޔާގެ ބޭނުމަށް އެކި މެންބަރުން ތަފާތު ވާހަކަތައް ދެއްކެވިއެވެ. އެގޮތުން ބޮޑު ކުރާ މުސާރަ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ ޝާކީ އޮތް ހައެއްކަ މަސް ދުވަހަށް ނެގުން ރަނގަޅު ނޫން ކަމަށާއި އާ މުސާރައަށް އަމަލުކުރަން ފެންނަނީ މަޖިލީހުގެ ދެން އަންނަ ދައުރަކުން ފެށިގެން ކަމަށް ބުނެފައި ވެއެވެ.
ކުރިން ކޮމިޓީ އެލަވަންސާއެކު މެންބަރަކަށް 80,000 ލިބޭތީ, މުސާރަ ބޮޑުވާން ހުރިހާ މެންބަރުންވެސް ވާހަކަ ދައްކާ ކަމަށާއި, އެގޮތުން މިގެނެވޭ ބަދަލަކީ މަޖިލީހުން މުރާސަ ކަނޑައަޅާ ހުރިހާ މަގާމަކަށް ގެނެވޭ ބަދަލެއް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މީގެ ކުރިންވެސް މަޖިލީސް މެންބަރުން އަމިއްލަ އަށް މުސާރަ ބޮޑު ކޮށްފައި ވާ އިރު, މިނިވަން މުވައްސަސާތަކަށް އެ ނިސްބަތުން މުސާރަ ބޮޑުވެފައެއް ނުވެއެވެ.
މިއަދު މާލިއްޔަތު ކޮމިޓީން ނިންމި އަނެއް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު އަދި ހުރިހާ މިނިސްޓަރުންގެ މުސާރަވެސް ބޮޑު ކުރުމުގެ ނިންމުމެވެ. އެގޮތުން;
- ރައްޔިތުންގެ މަޖިލީހުގެ ރައީސަށް - 90،000 ރުފިޔާ.
- ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް - 88،000 ރުފިޔާ.
ސަރުކާރުގެ އިސް މަގާމުތަކުގެ މުސާރައަށް ގެނައި ބަދަލު؛
- ރައީސުލްޖުމްހޫރިއްޔާ އަށް - 120،000 ރުފިޔާ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް - 93،000 ރުފިޔާ.
- މިނިސްޓަރުންނަށް - 72،000 ރުފިޔާ.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް - 80،000 ރުފިޔާ.
- އުއްތަމަ ފަނޑިޔާރަށް - 91،000 ރުފިޔާ.
- އެމްއެމްއޭ ގަވަރުނަރަށް - 74،000 ރުފިޔާ.
- އޮޑިޓާ ޖެނެރަލަށް - 74،000 ރުފިޔާ.
- ޕްރޮސެކިއުޓާ ޖެނެރަލަށް - 74،000 ރުފިޔާ.
މި ބަދަލު ގެންނަން މިއަދު މާލިއްޔަތު ކޮމިޓީން ފާސްކުރި އިރު, އަންނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބާއި މިނިސްޓަރުންނާއި މޭޔަރުން އަދި ކައުންސިލަރުން ހިމެނޭހެން ހުރިހާ މަގާޏުތަކެއްގެ މުސާރަ ބޮޑުކޮށް ހިމަނާފައި ވެއެވެ.
އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ވަނީ ހިމަނާފައެވެ. މި ބަދަލާ އެއްގޮތްވާނެހެން މިއަދު ކޮމިޓީން ނިންމާފައި ވާ އިރު ކައުންސިލަރުންނާއި އެހެނިހެން މަގާމުތަކުގެ މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ;
- މޭޔަރަކަށް - 46،000 ރުފިޔާ.
- ޑެޕިއުޓީ މޭޔަރަކަށް - 40،500 ރުފިޔާ.
- ސިޓީ ކައުންސިލް މެންބަރުންނަށް - 35،000 ރުފިޔާ.
- އަތޮޅު ކައުންސިލްގެ ރައީސަކަށް - 33،000 ރުފިޔާ.
- ރަށު ކައުންސިލްގެ ރައީސަކަށް - 25،500 ރުފިޔާ.
- ރަށު ކައުންސިލްގެ ނައިބުންނަށް - 20،000 ރުފިޔާ.
- ރަށު ކައުންސިލްގެ މެންބަރުންނަށް - 18،000 ރުފިޔާ.
ކޮމިޓީން ނިންމާ ގޮތަކީ އަދި އަމަލު ކުރާން ޖެހޭ ގޮތެއް ނޫނެވެ. އެ ބަދަލަށް އަމަލުކުރަން ޖެހޭނީ ތަޅުމަށް ހުށަހަޅާ ފާސްވުމުން ކަމަށް ވާއިރު, މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމުން ބަދަލު ފާސްވާނެ ކަމަށް ބެލެވެއެވެ.
މި ބަދަލާއެކު, މުސާރަ ބޮޑުކުރަން ނިންމި ހުރިހާ މަގާމުތަކެއް އެއްކޮށްލުމުން މިހާރު ހިނގާ ހަރަދަށް ވުރެ 90 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ހިމަނާފައި އޮތީ 500 މިލިއަން ރުފިޔާއެވެ.
ސާބަހޭ ގައުމު ނުހިންގޭ ވަރަށް ދަރުވާލާ.
އަދިވެސް ތިބައިމީހުންނަން ގިނަކުރޭ ނިކަމެތިންނަން ނިކަމެތިކަން!!!!!