ސިފައިންގެއަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވުމަށް ފަހު، ރިޓަޔާ ކުރެއްވި ހާމިދު ޝަފީގު ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ހާމިދު އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.

ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

މޭޖާ ޖެނެރަލް ހާމިދު އަކީ އެމްއެންޑީއެފަށް 33 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ހާމިދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ މާޗް 11، 1990 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެމްޑީއެފް ސާވިސް ކޯޕްސްގެ މަގާމުގައެވެ.

ހާމިދު، އެކި ދުވަސްވަރު ސިފައިގެން އެކި މަގާމުތައް ފުރުއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހާމިދު ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވާފައެވެ.