މޯލްޑިވް ގޭހުގެ އިސްވެރިންގެ ޔުނިފޯމުގައި މިއަދުން ފެށިގެން ގައުމީ ދިދަ ހިމަނަން ނިންމައިފިއެވެ.

'އެކްސް'ގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، ޔުނިފޯމުގައި ގައުމީ ދިދަ ހިމަނަން ނިންމީ، ކުންފުނީގެ މުވައްޒަފުންގެ މެދުގައި ދީނާއި ގައުމިއްޔަތު އާލާކުރުމުގެ މަގުސަދުގައި ކަމަށެވެ.

މިގޮތަށް ޔުނިފޯމަށް ބަދަލު ގެންނަން ނިންމީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުގެ އިސްނެންގެވުމުގެ ދަށުން ކަމަށް، މޯލްޑިވް ގޭހުގެ ޕޯސްޓުގައި ޖަހާފައިވެއެވެ.

އެ ކުންފުންޏާ ހަވާލުވުމަށް ފަހު، އަބްދުﷲ އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ މޯލްޑިވް ގޭހުގެ ދުވަހުގެ މަސައްކަތްތައް ކީރިތި ޤުރުއާނުގެ ބަރަކާތުންނާއި ގައުމީ ސަލާމުން ފަށާ ގޮތަށް ނިންމެވި ނިންމެވުމެވެ

މުވައްޒަފުންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި އަބްދުﷲ ވިދާޅުވީ، ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މޯލްޑިވް ގޭހުގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ތިބޭނެ ކަމަަށެވެ.