ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ގޭހުގެ އާ ޝިޕްމަންޓް ގެނެސްފައި ވަނީ އިއްޔެ ކަމަށެވެ. މި ޝިޕްމަންޓް ލިބޭނެ ކަމުގައި ވާހަކަ އިއްޔެ ބޭއްވި ނުސްވެރިްގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން މިދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށެވެ. އަދި މިކަމުގައި ހާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަންވެސް އެސްޓީއޯ އިން ވަނީ ފާހަގަކޯށްފައެވެ.

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެލާއި، ކައްކާ ޖޭހުގެ އިތުރުން އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އަސާސީ ކާބޯތަކެތި މާކެޓްގައި ލިބެން ހުންނާނެ ކަން ޔަގީން ކުރަމުން އަންނަ ކަމަށާއި އެ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވެސް ސަރުކާރުން އަންނަނީ މޮނިޓާ ކުރަމުންނެވެ.