ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، މިއަދުން ފެށިގެން ޑީސަލް އަދި ޕެޓްރޯލް ވިއްކާ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބޭނީ 14.62 ރުފިޔާއަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.33 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑީސަލް ލީޓަރެއް އަށް އަގު ހެޔޮކޮށްފައިވާ އިރު، ކުރިން ޑީސެލް ވިއްކީ 15.07 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް 14.73 އަށް ދަށްކޮށްފައިވާ އިރު، ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 14:73 ރުފިޔާއަށެވެ. އެހެންކަމުން ޑީސަލް ލީޓަރަކުން 0.45 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.40 ލާރި މި ވަނީ ހެޔޮ ކޮށްފައެވެ.

އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރި މިއީ 4 ވަނަ ފަހަރެވެ. އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ޖޫން މަހު 8 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ އަގަށް ބަލާފައި ކަމަށް އެކުންފުނިން ބުނެއެވެ.