އެސްޓީއޯއިން "ހެއްޔާ މަކިޓާ 2023"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަން ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާއިރު މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހައްމަދު އީމާން އެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓް ތަކުގައިވެސް ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ހެއްޔާ މަކިޓާ ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ އިނާމު ތަކަކީ:

  • 1 ވަނަ އިނާމު: މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރެއް
  • 2 ވަނަ އިނާމު: 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރެއް
  • 3 ވަނަ އިނާމު: 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރެއް

މީގެ އިތުރުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.