ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު 20 ބޭފުޅުން އައްޔަން ކުރައްވައިފިއެވެ
މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިއްޔެ ވެސް 26 ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ. މިއަދު އައްޔަންކުރެއްވި 20 ބެފުޅުންގެ ތެރޭގައި ހިމެނެނީ ފޮރިން މިނިސްޓަރުގެ ނައިބުގެ މަގާމަށް، އާމިނަތު ރަނާ ހުސައިން ޝިހާމް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރުގެ ނައިބު ކަމަށް ހުސައިން ޒީނީ އާއި އަރްޙަމް ހުސައިން އަދި ޙައްސާނު ހަމީދުއެވެ.
ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް، އަހްމަދު އައިމަން އައްޔަންކުރައްވާފައިވާއިރު ހެލްތު މިނިސްޓަރުގެ ނާއިބުގެ މަގާމަށް، އިސްމާއީލް ޒާހިރު އަދި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ ނައިބުގެ މަގާމަށް ޝަފީގާ ނައީމް ވަނީ އައްޔަންކުރައްވާފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް، ޝައިހް މުޠީޢު އިސްމާއީލް މުހައްމަދު އަދި އުސާމް މުހައްމަދު ސައީދު، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް، އަބްދުﷲ ރަޝީދު ވަނީ އައްޔަންކުރައްވާފައެވެ.
ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް، އަލީ ނިޒާރު އައްޔަންކުރައްވާފައިވާއިރު ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް، ޒާއިދު އަހްމަދު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް ހަސަން ޛިހާން، ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ ނައިބުގެ މަގާމަށް އަހްމަދު އަންވަރު ވަނީ އައްޔަންކުރައްވާފައެވެ.
ހަމައެހެންމެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުގެ މަގާމަށް އަލީ ސަލީމް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ ނައިބުގެ މަގާމަށް އަހްމަދު އަދުނާން، ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ ނައިބުގެ މަގާމަށް މުހައްމަދު ނާފިޒު ވަނީ އައްޔަންކުރައްވާފައެވެ.
ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ ނައިބުގެ މަގާމަށް އަހްމަދު އިރުފާހް، އަބްދުﷲ މުފީދު އަދި އަލީ ޝަމީމް ވަނީ އައްޔަންކުރައްވާފައެވެ.