ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ހަސަން ޒަރީރު އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޒަރީރަކީ އިނގިރޭސިވިލާތުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބެފުޅެއް ކަމަށެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒަރީރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގައެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.

ޕީސީބީގެ ހުސްވެފައިވާ ގޮނޑިތަކަށް ރައީސް އައްޔަން ކުރެއްވި މެންބަރުންނަކީ:

  • ބޯޑުގެ ރައީސަކަށް ހަމްދީ އަގީލް
  • އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652
  • ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ
  • ކުރީގެ ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގްނީ

ބޯޑުގެ ރައީސް ކަމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ހަމްދީ އަގީލް އަކީ ފިނނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި އެސްޓީއޯ ގޭހުގެ ޗެއާމަންކަމާއި މިހާރު އުވާލާފައިވާ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޕީސީބީއަށް މެންބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުންނެވެ.