ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިތުރު 12 މަގާމަކަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، އަލީ ޝަރީފް އައްޔަން ކުރައްވާފައެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 11 ބޭފުޅުން އައްޔަން ކޮށްފައި ވެއެވެ. އެގޮތުން މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން އައްޔަނުކުރެއްވި މަގާމުތަކަކީ:

  1. މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، ލުބްނާ މުހައްމަދު ޒާހިރު
  2. މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުހައްމަދު ތާރިގް އަހުމަދު
  3. މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑރ. އަމްޒަތު އަހުމަދު
  4. މިނިސްޓާ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، އަބްދުއްރައްޒާގު އިބްރާހީމް
  5. މިނިސްޓާ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުހައްމަދު ޝަހުރުއްޛިޔާދު
  6. މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
  7. މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑރ. އަބްދުއްރަހީމް ހަސަން
  8. މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާތިމަތު މުހައްމަދު
  9. މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔަރ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަހުދު ޝަފީއު
  10. މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަހުމަދު މުނާޒު
  11. މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް - ހ. ނޫމުތީ، މުހައްމަދު އިބްރާހީމް

މި ހުރިހާ ބޭފުޅުންނަށްވެސް މަގާމުގެ ފަތްކޮޅު ވަނީ އަރުވާފައެވެ. ރައީސް މުއިއްޒު އަންނަނީ ސަރުކާރުގެ އެކި މަގާމުތަކަށް ކޮންމެ ދުވަހަކު ވެސް ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ވެސް ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމަށް 25 ބޭފުޅުަކު އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އަރުވާފައެވެ.