ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ނަންތައް ދިރާސާކުރުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފިއެވެ.
އިއްޔެ ރައީސް ވަނީ، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރެއްވި ވަޒީރުންނަށް ރުހުން ހޯދުމަށް އެދިވަޑައިގެން މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. މިއަދުގެ ޖަލްސާ ފެށުމަށް ފަހު ރިޔާސަތުން ވަނީ އެ ސިޓީ އިއްވައިފައެވެ.
ވަޒީރުންގެ މަޖިލީހަށް އައްޔަންކޮށްފައިވާ 22 މެންބަރުން:
- ޑިފެންސް މިނިސްޓަރު: މުހައްމަދު ޣައްސާން މައުމޫން
- ފޮރިން މިނިސްޓަރު: މޫސާ ޒަމީރު
- ހޯމް މިނިސްޓަރު: އަލީ އިހްސާން
- ފިނޭންސް މިނިސްޓަރު: ޑރ. މުހައްމަދު ޝަފީގް
- އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއީލް ޝަފީއު
- ހެލްތު މިނިސްޓަރު: ޑރ. އަބްދުالله ޚަލީލް
- އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ސައީދު
- ފިޝަރީޒް މިނިސްޓަރު: އަހްމަދު ޝިޔާމް
- ބަންޑާރަނައިބު: އަހްމަދު އުޝާމް
- އިސްލާމިކް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް މިނިސްޓަރު: އިބްރާހީމް ފައިސަލް
- ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު: ޑރ. އައިޝަތު ޝިހާމް
- ސްޕޯޓްސް މިނިސްޓަރު: އަބްދުالله ރާފިއު
- އެންވަޔަރަންމަންޓް މިނިސްޓަރު: ތޯރިގް އިބްރާހީމް
- ހައުސިން، މިނިސްޓަރު: ޑރ. އަލީ ހައިދަރު އަހްމަދު
- ޓްރާންސްޕޯޓް މިނިސްޓަރު: މުހައްމަދު އަމީން
- ދިވެހި ލެންގުއޭޖް މިނިސްޓަރު: އާދަމް ނަސީރު އިބްރާހީމް
- ހަޔާ އެޑިޔުކޭޝަން މިނިސްޓަރު: ޑރ. މަރްޔަމް މާރިޔާ
- ކޮންސްޓްރަކްޝަން މިނިސްޓަރު: ޑރ. އަބްދުالله މުއްތަލިބް
- އެގްރިކަލްޗާ މިނިސްޓަރު: ޑރ. އާއިޝަތު ރަމީލާ
- ޔޫތު މިނިސްޓަރު: އިބްރާހީމް ވަހީދު
- ޕަބްލިކް ވޯކްސް މިނިސްޓަރު: އާދަމް ޝަރީފް އުމަރު
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން، ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަންކުރައްވާ ވަޒީރުންގެ ނަންތައް، ވަޒީރުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
މި ސަރުކާރުގެ ވަޒީރުން ހުވާކުރެއްވީ މިދިޔަ ހުކުރު ދުވަހުގައެވެ.