ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަ ވަނީ 22 ވަޒީރުންނެވެ. އެ ވަޒީރުން އައްޔަން ކުރައްވައި ހުވާ ކުރައްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.

22 ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައި ވާއިރު، ވަޒީރުންގެ ގޮތުގައި އައްޔަން ކުރެވުނު މަޖިލީހުގެ 5 މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއާއެކު މަޖިލީހުގައި މިހާރު ތިއްބެވީ ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ 5 މެންބަރުންނެވެ.

ވަޒީރުންގެ މަޖިލީހަށް އައްޔަންކޮށްފައިވާ 22 މެންބަރުން:

  1. މިނިސްޓާ އޮފް ޑިފެންސް - މުހައްމަދު ގައްސާން މައުމޫން
  2. މިނިސްޓާ އޮފް ފޮރިން އެފެއާޒް - މޫސާ ޒަމީރު
  3. މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ޢަލީ އިޙްސާން.
  4. މިނިސްޓާ އޮފް ފިނޭންސް - ޑރ. މުހައްމަދު ޝަފީޤް
  5. މިނިސްޓާ އޮފް އެޑިޔުކޭޝަން - ޑރ. އިސްމާއީލް ޝަފީއު
  6. މިނިސްޓާ އޮފް ހެލްތް - ޑރ. އަބްދުالله ހަލީލް
  7. މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - މުހައްމަދު ސައީދު
  8. މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - އަހްމަދު ޝިޔާމް
  9. އެޓާނީ ޖެނެރަލް - އަހްމަދު އުޝާމް
  10. މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް - ޑރ މުހައްމަދު ޝަހީމް އަލީ ސައީދު
  11. މިނިސްޓާ އޮފް ޓޫރިޒަމް- އިބްރާހީމް ފައިސަލް
  12. މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް- ޑރ. އާއިޝަތު ޝިހާމް
  13. މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - އަބްދުالله ރާފިއު
  14. މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - ތޯރިގް އިބްރާހީމް
  15. މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ޑރ. އަލީ ހައިދަރު އަހްމަދު
  16. މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން - މުހައްމަދު އަމީން
  17. މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - އާދަމް ނަސީރު އިބްރާހީމް
  18. މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. މަރްޔަމް މާރިޔާ
  19. މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - ޑރ. އަބްދުالله މުއްތަލިބް
  20. މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ - ޑރ. އާއިޝަތު ރަމީލާ
  21. މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް- އިބްރާހީމް ވަހީދު
  22. މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް - އާދަމް ޝަރީފް

ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ)ގައި ބަޔާން ކޮށްފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ ނަންތައް، ވަޒީރުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.