ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ އެކަމަށްޓަކައި މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ފަސް ބޭފުޅަކު އައްޔަން ކުރެއްވިއިރު އެ ބޭފުޅުންނަކީ
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް: އަލީ އާރިފް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް: އަބްދުﷲ ނާސިރު
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް: އާދަމް ރަމީޒް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން: އިބްރާހީމް ހާލީލް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ލީގަލް އެފެއާޒް: އަހްމަދު ހިޝާމް ވަޖީހު
އައްޔަން ކުރެއްވި އެހެނިހެން މަގާމުތައް:
- ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް: އަބްދުއްރަޙީމް އަބްދުﷲ
- ޗީފް އޮފް ސްޓާފް: އަބްދުالله ފަޔާޒް
- ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ: ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އިބްރާހީމް ލަތީފް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް: މުހައްމަދު ނަސީރު
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް: އަހްމަދު އަލީ ހަބީބް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް: މުހައްމަދު ޝާހިދު
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް: ހުސައިން އާމިރު
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް: އައްބާސް ޝަރީފް
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ: ޑރ. އާއިޝަތު އިކްރާމް
- ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް: މުހައްމަދު އަލީ ޖަނާޙް
- އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް: މުހައްމަދު ހަލީލް
ރައީސް އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމާއި، އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. އަލީ ނަސީރު މުހައްމަދާއި، މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ޝަހުދީ ހަމަޖައްސަވާފައެވެ.