ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކުރައްވައިފިއެވެ.

ފަޔާޒަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ފަޔާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީގެ މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ ޑރ. މުއިއްޒާ އެކުގައި މަސައްކަތް ކުރައްވާ ގާތް ބޭފުޅެއް ވެސް މެއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ފަޔާޒު އައްޔަން ކުރެއްވިއިރު މިއަދު ވަނީ ރައީސް މުއިއްޒު ކެބިނެޓުގެ 22 މިނިސްޓަރުން ހުވާކުރައްވާފައެވެ.

ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ:

  1. މިނިސްޓަރު އޮފް ޑިފެންސް: މުހައްމަދު ޣައްސާން މައުމޫން.
  2. މިނިސްޓަރު އޮފް ފޮރިން އެފެއާޒް: މޫސާ ޒަމީރު.
  3. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ: އަލީ އިހްސާން.
  4. މިނިސްޓަރު އޮފް ފިނޭންސް: ޑރ މުހައްމަދު ޝަފީގް.
  5. މިނިސްޓަރު އޮފް އެޑިޔުކޭޝަން: ޑރ. އިސްމާއީލް ޝަފީއު.
  6. މިނިސްޓަރު އޮފް ހެލްތް: ޑރ. އަބްދުالله ހަލީލް.
  7. މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް: މުހައްމަދު ސައީދު.
  8. މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަހްމަދު ޝިޔާމް.
  9. އެޓާނީ ޖެނެރަލް: އަހްމަދު އުޝާމް.
  10. މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.
  11. މިނިސްޓަރު އޮފް ޓޫރިޒަމް: އިބްރާހީމް ފައިސަލް.
  12. މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: ޑރ. އާއިޝަތު ޝިހާމް.
  13. މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން: އަބްދުالله ރާފިއު.
  14. މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ: ތޯރިގު އިބްރާހީމް.
  15. މިނިސްޓަރު އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަހްމަދު.
  16. މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން: މުހައްމަދު އަމީން.
  17. މިނިސްޓަރު އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހީމް.
  18. މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. މަރްޔަމް މާރިޔާ.
  19. މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: ޑރ. އަބްދުالله މުއްތަލިބް.
  20. މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ: ޑރ. އާއިޝަތު ރަމީލާ.
  21. މިނިސްޓަރު އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހީމް ވަހީދު.
  22. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް: އާދަމް ޝަރީފް.

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން މިރޭ އައްޔަނުކުރައްވާފައިވާއިރު ރައީސް މުއިއްޒަށް މިއަދު މަގާމުގެ ހުވާލައިދެއްވީ ޖުމްހޫރީ މައިދާނުގައި މިއަދު ކުރއަށްގެންދިޔަ ހާއްސަ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.

މުއިއްޒު ހުވާ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސްގެ ގޮތުގައި ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ހުވާ ކުރައްވާފަ އެވެ. ހުސެއިން މުހައްމަދު ލަތީފަށްވެސް ހުވާ ލާ ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.