ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓުގެ 22 މިނިސްޓަރުން ހުވާކުރައްވައިފިއެވެ.

ކެބިނެޓުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ. މިރަސްމިއްޔަތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ހުވާ ކުރައްވައިފިއެވެ.

ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ:

  1. ފިނޭންސް މިނިސްޓަރު - ޑރ. މުހައްމަދު ޝަފީގް
  2. ބަންޑާރަ ނައިބު - އަހްމަދު އުޝާމް
  3. ފޮރިން މިނިސްޓަރު - މޫސާ ޒަމީރު
  4. ހޯމް މިނިސްޓަރު - އަލީ އިހުސާން
  5. ޑިފެންސް މިނިސްޓަރު - ޣައްސާން މައުމޫން
  6. ހައުސިން މިނިސްޓަރު - ޑރ. އަލީ ހައިދަރު
  7. އިންފްރާސްޓްރަކްޗާ މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބް
  8. އިކޮނޮމިކްސް މިނިސްޓަރު - މުހައްމަދު ސައީދު
  9. ހެލްތު މިނިސްޓަރު - ޑރ. އަބްދުﷲ ހަލީލް
  10. ޓޫރިޒަމް މިނިސްޓަރު - އިބްރާހިމް ފައިސަލް
  11. ލޯކަލް ގަވަނަންސް މިނިސްޓަރު - އާދަމް ޝަރީފް އުމަރު
  12. އެޑިއުކޭޝަން މިނިސްޓަރު - ޑރ. އިސްމާއިލް ޝަފީއު
  13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު - ޑރ. މަރިޔަމް މާރިޔާ
  14. އިސްލާމިކް މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  15. ސްޕޯޓްސް މިނިސްޓަރު - އަބްދުﷲ ރާފިއު
  16. ޔޫތު މިނިސްޓަރު - އިބްރާހިމް ވަހީދު (އަސްވާޑު)
  17. އެގްރިކަލްޗާ މިނިސްޓަރު - ޑރ. އައިޝަތު ރަމީލާ
  18. ޓްރާންސްޕޯޓް މިނިސްޓަރު - މުހައްމަދު އަމީން (ކެޕްޓަން އަމީން)
  19. ޖެންޑާ މިނިސްޓަރު - ޑރ. އައިޝަތު ޝިހާމް
  20. ތިމާވެއްޓާ ބެހޭ މިނިސްޓަރު - ތޯރިގު އިބްރާހިމް
  21. ފިޝަރީޒް މިނިސްޓަރު - އަހްމަދު ޝިޔާމް
  22. ގައުމިއްޔަތު މިނިސްޓަރު - އާދަމް ނަސީރު އިބުރާހިމް

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން މިރޭ އައްޔަނުކުރައްވާފައިވާއިރު ރައީސް މުއިއްޒަށް މިއަދު މަގާމުގެ ހުވާލައިދެއްވީ ޖުމްހޫރީ މައިދާނުގައި މިއަދު ކުރއަށްގެންދިޔަ ހާއްސަ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.

މުއިއްޒު ހުވާ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސްގެ ގޮތުގައި ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ހުވާ ކުރައްވާފަ އެވެ. ހުސެއިން މުހައްމަދު ލަތީފަށްވެސް ހުވާ ލާ ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.

މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ބޭރު ގައުމުތަކުގެ މަންދޫބުންނާއި އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.