ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓުވެ، ޣިޔާސުއްދީން ސްކޫލް ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓުވުމާއި ގުޅިގެން އަމީނީމަގު، ޣިޔާސުއްދީން ސްކޫލު ސަރަހައްދުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ. އަދި ކޭބަލް އައިސޮލޭޓް ކުރުމަށްފަހު އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

އެ މަސައްކަތަށް ގާތްގަނޑަކަށް 1 ގަޑިއިރު 15 މިނެޓް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް މާލޭގެ ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާއިރު އެ ދުވަހު ކަރަންޓް ކެނޑުމާ ގުޅިގެން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މަޖީދީމަގު، ކާމިނީމަގު ސަރަހައްދުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެ ދުވަހުވެސް އަލުން ކަރަންޓްގެ ހިދުމަތް ދިނުމަތް ގާތްގަނޑަކަށް 1 ގަޑިއިރާއި 30 މިނެޓް ގެ ވަގުތެއް ވަނީ ހޭދަވެފައެވެ.