ޕީއެންސީއަށް އިތުރު 500 މީހަކު ސޮއިކޮށް އެ ފޯމުތައް ހަވާލުކޮށްފިއެވެ.

އެ 500 ފޯމާ ހަވާލުވެ ވަޑައިގެންފަ އިވަނީ އިންތިހާބީ ރައީސް، އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޕީއެންސީއަށް 10،000 މެންބަރުން ހަމަކުރުމުގެ އަމާޒުގައި އެ ޕާޓީއިން މަސައްކަތް ކުރަމުން ދާއިރު ދާދިފަހުން ޕީޕީއެމް އަދި ޕީއެންސީ އިން އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ވެސް ވަނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކޮށްފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި މަދުވެގެން 10،000 މެންބަރުން ހަމަވާ ކަމަށް ވަނީނަމައެވެ. އެހެންކަމުން އެ ފައިސާ މިހާރު ލިބޭ ޕާޓީތަކަކީ އެމްޑީޕީ، ޖޭޕީ، ޕީޕީއެމް އަދި އެމްޑީއޭ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3000 މެންބަރުންނެވެ. އެހެންނަމަވެސް އެ ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު އެ އަދަދު މިހާރު ވާނީ އިތުރު ވެފައެވެ.