މިއަހަރުގެ މިހާތަނަށް 1.5 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 150،5366 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 13.4 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށްއައިސްފަވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން 172،472 ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް އައިސްފައި ވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ 163،513 ފަތުރުވެރިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެއީ 163،036 ފަތުރުވެރިންނެވެ.

ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރީ 62814 އެނދެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުން، ހާއްސަކޮށް އިންވެސްޓަރުންނާއި މުވައްޒަފުންގެ އެހީތެރިކަން ފާހަގަކޮށް ތަހުނިޔާ އާއި ޝުކުރު މިނިސްޓްރީން ވަނީ އަދާކޮށްފައެވެ.

މި އަހަރު ފެށުނު އިރު ޓޫރިޒަމް އަމާޒުގެ ގޮތުގައި ބުނެފައި ވާ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް ޓުރިޒަމް ރަނގަޅުވަމުން އަންނާތީ އެ އަމާޒު ވަނީ 1.93 މިލިއަނަށް އިތުރުކޮށްފައެވެ.