ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑްރައިޒިން ހަރަކާތެއް ބާއްވަން "މަމްސް އެއިޑް"އިން ނިންމައިފިއެވެ.
މަމްސް އެއިޑުން ބުނީ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމައަށް ހުޅުމާލޭ މައި ބަސް ސްޓޮޕް ކުރިމަތީ އޮންނަ ރުއްގަނޑު އެކެއް ސަރަހައްދުގައި ކަމަށެވެ.
މި އިވެންޓްގައި އަންނައުނާއި ކުޅޭ ތަކެއްޗާއި ވާހަކަ ފޮތާއި ކުރަހާ އަދި ކުލަ ޖައްސާ ސާމާނާއި ޝޯޓް އީޓްސް ޕެކެޓްތަކާއި ބުއިންތަކާއި ކުކީޒްގެ އިތުރުން ކަޕްކޭކާއި ދިދަ އަދި ޕޮޕްކޯން ވެސް ހަދިޔާ ކުރެވޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މި އިވެންޓުން ލިބޭ ހުރިހާ ތަކެއްޗެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މޯލްޑިވްސް މެދުވެރިކޮށް ފަލަސްތީނު އިމަޖެންސީ ރިލީފް ފަންޑަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
މަމްސް އެއިޑުން ވަނީ، ތަކެތި ހަދިޔާ ކުރުމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް 7349393، 7849393 ނުވަތަ 7860003 އަށް ގުޅުމަށް އެދިފައެވެ.
ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފަންޑް ރެއިސް އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.