ރާއްޖޭން ފަލަސްތީނުގެ ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ހަދިޔާކުރާ ފައިސާ ފަންޑުކުރަނީ ފަލަސްތީނުގެ ދިފާއުގައި ޖިހާދުކުރާ ހަމާސް ޖަމާއަތަށް ކަމަށް އިޒްރޭލުގެ ފަތުރުވެރިޔަކު ތުހުމަތުކޮށް ނުރުހުން ފާޅުކުރުމުން، ފަލަސްތީނުގެ ދިފާއުގައި ދިވެހިން ތެދުވެއްޖެއެވެ.
އިޒްރޭލުން ރާއްޖެ އަށް އައި ފަތުރުވެރިޔަކު އިންސްޓަގްރާމްގައި ނުރުހުން ފާޅުކޮށް ކުރި ޕޯސްޓެއްގައި ސިފަކުރީ، ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް އައިސް ހަރަދުކުރާ ހުރިހާ ފައިސާ އެއް ދަނީ ފަލަސްތީނުގެ 'ނާޒީންނަށް' ނުވަތަ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ކަމަށެވެ.
އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި މިހެން ލިޔެފައި ވަނީ، ރާއްޖޭން ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް 1.4 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ނިންމި ނިންމުން ޝާއިއުކޮށްފައިވާ ހަބަރުގެ ސްކްރީންޝޮޓެއް ހިމަނައިގެންނެވެ.
'ޝްލޯމީ ބީނާމޯ' ގެ ނަމުގައި އިންސްޓަގްރާމްގައި ޕޯސްޓުކުރި މި މީހާ ތުހުމަތުކުރާ ގޮތުގައި، ރާއްޖޭން އެއްކުރި ހުރިހާ ފައިސާ އެއް ހަދިޔާކުރަނީ ހަމާސް ޖަމާއަތަށެވެ.
ޝްލޯމީގެ މި ޕޯސްޓާ ގުޅިގެން ދިވެހީންގެ ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ދިފާއުގައި ތެދުވެ، ދިވެހީން ފަލަސްތީނާ އެކު ތިބިކަން ހާމަކޮށްފައެވެ.
އިޒްރޭލުގެ ފަތުރުވެރިއަކު މިފަދަ ޕޯސްޓެއް ކޮށްފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖެ އަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ އިޒްރޭލާ ދެކޮޅަށް ރާއްޖޭގެ މާހައުލު ވަރުގަދަވަމުން ދާތީ ކަމަށް، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގައި އެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ދިނުމަށް ރާއްޖޭން 1.4 މިލިއަން ޑޮލަރު ހޯދާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ބޮޑު ހިނގާލުމެއް ވެސް މާދަމާ ބާއްވަން ވަނީ ރާވައިފައެވެ.
މީގެ އިތުރުން އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ގޮވާލައި، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ.
އިޒުރޭލުގެ އެފަތުރުވެރިޔާހުރީ ބީތާވެފަތަ އޭނައެހެންބުނާއިރުގަވެސއ އޭނަޔަށްއެގެންޖެހޭ ދިވެހިންގެ ކުރިމަތީގަ ފަލަސްތީނާިޒުރޭލުއެއްވަރު ނުވާމެކަން އިޒުރޭލުގައުޅެނީ ޔަހޫދީން ފަލަސްތީނުގަ ދިރިއުޅެނީ އަހަރުމެންގެ އަޚުންނާ އުޚުތުން އެއީ މަތްވެގެންވާ އިސްލާމްދީނައްތަބާވެގެނަތިބި އިސްލާމުން އެހެންވީމަ އަހަރުމެންގެ ކުރިމަތީގަ އިޒްރޭލާ ފަލަސްތީނާއެއްވަރެއްނުވާނެ އަހަރުމެން ނެތްދުވަހަކުން އަހަރުމެންގެ ދަރިންގެ ދަރިންވެސް ދެމިތިބޭނީ ހަމަމިގޮތުގަ
ހައިތަމް އަކީ ދެކުނު ދާއިރާގެ މެންބަރު މެދުދާއިރާއެއް ނޫން