ހުރިހާ އެންމެންނަކީ އެއްވަރަކަށް ދީން އެނގޭ ބަޔަކަށް ނުވި ނަމަވެސް އެކަމާ ގުޅިގެން ބަދު ބަސް ބުނެ، ނިކަމެތި ކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، މި ރާއްޖޭގެ ރައްޔިތުން ތިބީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށާއި މިގޮތުގައި ސާބިތުވެ ތިބުމަށް އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭން ޖެހޭނެ ކަމަށެވެ. އަދި ދީނުގެ އިލްމު ފަތުރައި ދީނަށް އެންމެން އުޅެ ސުންނަތަށް ލޯބިކޮށް، ދީނަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އިމްރާން ފާހަގަބކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބައެއް ކަމަށް ވެދާނެ ކަމަށް އެއީ މުޖުތަމައުތަކުން ފެންނާނެ ކަމެއް ނޫން ކަމަށާއި އެކަމާ ހުރެ އަނެކާގެ މައްޗަށް ބަދު ބަސް ބުނެ، ނިކަމެތިކޮށް، އިހާނެތި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބައެއް ކަމަށް ވެދާނެ ކަމަށް އެއީ މުޖުތަމައުތަކުން ފެންނާނެ ކަމެއް ނޫން. އެކަމާ ހުރެ އަނެކާގެ މައްޗަށް ބަރު ބަސް، ބަދު ބަސް ބުނެ، ނިކަމެތިކޮށް އިހާނެތި ކުރުމަކީ އެކަކު ވެސް ކޮށްގެންވާނެ ކަމެއް ނޫން. މި ކަހަލަ ދުވަހެއްގައި އަޅުގަނޑުމެން މި ޒިކުރާ އާ ކުރަން ޖެހޭ،
އިމްރާން

މިއަދަކީ ރާއްޖެ އިސްލާމްވިތާ 896 އަހަރު ފުރޭ ދުވަހެވެ. ދައުލަތުން ރަސްމީ ގޮތެއްގައި ދިވެހިން އިސްލާމް ދީން ގަބޫލުކުރި ދުވަހެއްގެ ގޮތުގައި ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަތާ މީ 23 ވަނަ އަހަރެވެ.