ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން އަތޮޅުތެރޭގެ އާއްމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްޓިސީސީ އިން ބުނީ އައްޑޫ ސިޓ،ީ ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓ،ީ ހއ. ދިއްދ،ޫ ލ. ގަނ،ް ލ. ފުނަދޫ އަދި ލ. އިސްދ/ޫކަލައިދޫ ގައި ދެމުން ގެންދާ އާރްޓީއެލް ބަހުގެ ހިދުމަތަށް މާސްޓާ ކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓާ ކާޑު ނުވަތަ ވިސާ ކާޑެއްކަމުގައި ވީ ނަމަވެސް އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމަ އެ ކާޑު މެދުވެރިކޮށް އާރްޓީއެލްގެ އަތޮޅުތެރޭގެ އާއްމު ބަހުގެ ހިދުމަތުގެ ޓިކެޓް ގަނެވޭނެކަމަށެވެ.

އާރްޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ އާއްމު ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއާ" ރޫޓާ އަދި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެއެވެ. މި ގޮތުން "ފިކްސްޑް ފެއާ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެކެވެ. އެހެންކަމުނ،ް މިރޫޓުން ދަތުރު ކުރާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރައްވަން ޖެހޭނީ ބަހަށް އަރާއިރު އެކަންޏެވެ.

އައްޑޫ ސިޓ،ީ ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓ،ީ ހއ.ދިއްދ،ޫ ލ. ގަނ،ް ލ. ފުނަދޫ އަދި ލ. އިސްދ/ޫކަލައިދޫ ގައި "ފިކްސްޑް ފެއާ" ރޫޓުން ދަތުރުކުރުމަށް ނަގާނީ ފަސް ރުފިޔާއެވެ.

"ޑިސްޓެންސް ފެއާ" ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށެވެ. މި ރޫޓުގައި ދަތުރުކުރާ ކަސްޓަމަރުން ބަހަށް އެރުމަށްފަހު "ޓެޕް އިން" ކުރާ ގޮތަށް ބަހުން ފައިބަމުން "ޓެޕް އައުޓްވެސް" ކުރަންޖެހެއެވެ. އަދި "ޑިސްޓެންސް ފެއާ" ރޫޓެއްގައި ދަތުރުކުރާއިރު "ޓެޕް އައުޓް" ކުރުމަށް ހަނދާން ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގުކެނޑޭނެއެވެ.

ޑިސްޓެންސް ފެއާގެ އަގުތައް

ޑިސްޓެންސް ފެއާގެ އަގުތައްއެމްޓީސީސީ އިން ބުނީ 65 އަހަރުން މަތީގެ މީހުންނަށާ 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެކަމަށެވެ. މީގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށާ ކޮލެޖް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.