މޫލީ މެދުވެރިކޮށް ބޮޑެތި ޑިސްކައުންޓްތަކާއެކު އެޕަލް އަދި ސެމްސަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ފޯނާއި އެސެސަރީސް ލިބޭ "ޑިވައިސް ފްލޭޝް ސޭލް" ފަށައިފިއެވެ.

އުރީދޫން ބުނީ، އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމް އިން "ޑިވައިސް ފްލޭޝް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑްތަކުގެ ސްމާޓް ފޯނާއި އެސެސަރީސް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި، އެޕަލް މެގަސޭފް ޗާޖަރާއި، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް، ގެ އިތުރުން ސެމްސަންގްގެ މަގްބޫލް ފޯނުތައް ލިބޭނެ ކަމަސް އުރީދޫން ބުނެއެވެ. ޕްރޮމޯޝަންގެ ދަށުން ލިބެން ހުރި ޑިވައިސްތައް، މިހާރު 7 ޕަސެންޓްގެ ޑިސްކައުންޓާ އެކު މޫލީ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަސް އުރީދޫން ބުނެއެވެ.

މޫލީ މެދުވެރިކޮށް ތަކެތި ބަލައި ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަރީ ކޮށް ދޭނެއެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރު ހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާ އެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެއް ކަމަށް އުރީދޫން ބުނެއެވެ.

ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓަންސް މޫލީ އިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާ އެކު ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ޑެލިވަރީ ހިދުމަތް ލިބުމެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީއިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާ އިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުގައި ކަމަށް އުރީދޫން ބުނެއެވެ.