މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ.
އެގޮތުން ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެންޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލްމާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަކޮށް، އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒްގެ ޝަރަފުވެރި ގޯލްޑްސްޓީވީ އެވޯޑް ވަނީ އުރީދޫ އަށް ލިބިފައެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ވަނީ އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސިލްވާ ސްޓީވީ® އެވޯޑް އެއާ އެމްބިއުލާންސް އިނީޝިއޭޓިވްގެ އަށް ލިބިފައެވެ.
ރާއްޖޭގައި 2024 ވަނަ އަހަރު އަލަށް ފެށުނު އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ހާއްސަ އިކުއިޕްމަންޓް އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހި ރާއްޖޭގެ ސަރުކާރަށް ހަދިޔާ ކޮށްފައެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއި، އިޖްތިމާއީ ޒިންމާއަދާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ، ހަހީގަތުގައިވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަަަށް އެ ކުންފުނިން ބުނެއެވެ.
"މި އެވޯޑްތަކަކީ މުޅި ޓީމްގެމަސައްކަތް ރަމްޒުކޮށްދޭ އަދި ވިސްނުންތެރިކަމާއެކު އިނޮވޭޓްކޮށް،މުޖުތަމައުތަކަށް ފައިދާވާނެ ކަންކަން އިސްކުރުމުން ހާސިލުކުރެވިދާނެ ކަންކަން ހަނދާން އާކޮށްދޭ އެވޯޑެއް،" އުރީދޫއިން ބުންޏެވެ.
އޭޝިއާ ޕެސިފިކްސްޓީވީ® އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައިމަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސްއިނީޝިއޭޓިވް އެވެ. މި ކާމިޔާބީތަކާއެކު އުރީދޫ މޯލްޑިވްސް އިން ދަނީ ޑިޖިޓަލްއިނޮވޭޝަނާއި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ލީޑަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެމަގާމު އިތުރަށް ހަރުދަނާ ކުރަމުންން ކަން ފާހަގަކޮށްލެވެއެވެ.