ސްވިޓްޒަލޭންޑްގެ ޒިއުރިކުން ކެނެޑާގެ ޓޮރޮންޓޯ އަށް ދިޔަ އެއާ ކެނެޑާގެ ފްލައިޓެއް ޖައްސާ ކާގޯ ބޭލިތަ 42 މިނެޓް ތެރޭގައި 15 މިލިއަން ޑޮލަރުގެ ރަނާއި 2 މިލިއަން ޑޮލަރުގެ ފައިސާ ވަގަށް ނަގައިފިއެވެ.

މިދިޔަ އޭޕްރީލް މަހު 14 ވަނަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ބަދަލު ހޯދުމަށް އެމެރިކާގެ ސެކިއުރިޓީ ކުންފުންޏަކުން އެއާ ކެނެޑާއާ ދެކޮޅަށް ދައުވާ ކޮށްފައި ވާ އިރު، ދައުވާ ފޯމުގައި ބުނެފައި ވަނީ، ބޯޓު ޓޮރޮންޓޯއަށް ޖައްސާ ކާގޯ ބޭލުމަށް ފަހު ވެއާ ހައުސްއަށް ލިތާ 42 މިނެޓް ތެރޭގައި އެތަކެތި ގެއްލިފައި ވަނީ އެއާ ކެނެޑާގެ އިހުމާލުން ކަމަށެވެ.

400 ގުރާމު ބަދުރަން ހުރި ގޯލްޑް ބިސްކެޓް [ރަން ބުރިބުރި] އާއި 2 މިލިއަން ޑޮލަރު ސްވިޓްޒަލޭންޑުން ޓޮރަންޓޯއަށް ގެންދިިޔުމަށް ހަވާލު ވީ އެމެރިކާގެ ކުންފުނިންނެވެ. އެއީ ބޭންކަކަށް ގެންދާ އެއްޗެހި ކަމަށާއި އެތަނެތި ވެއާ ހައުސްގައި ހުއްޓާ، ކާކުކަން ދެނެގަނެވިފައި ނުވަ މީހަކު އެތަނަށް ވަދެ އެތަކެތި ވަގަށް ނަގާފައި ވާ ކަަމަށެވެ.

މިހާތަނަށް ވެސް އެމީހާ ދެނެގަނެވިފައި ނުވާ އިރު މިއީ ކެނެޑާގެ މުޅި ތާރީހުގައިވެސް ހިނގައި ނުވާ ވަރުގެ ހީސްޓެކެވެ. ނުވަތަ އެއް ވައްކަމެވެ.

ގާނޫނީ ފޯމްގައި ބުނީ އެއާ ލައިން އިން އެ ކާގޯ ދޫކުރީ އިންޑިވިޑުއަލް [މީހަކަށް] ކަމަށާއި އެކަން އެގޮތަށް ކުރީ އިހުމާލުން ކަމަށެވެ.

މީގެ ކުރިން 2011 އަދި 2012 ގެ ތެރޭގައި 18 މިލިއަން ޑޮލަރުގެ އަގުހުރި 3000 ޓަނުގެ މެޕަލް ސިރަޕްގެ ވައްކަމެއްވެސް ކެނެޑާގައި ހިނގާފައި ވެއެވެ. އެ ވައްކަން ކުރީ އެތަކެތި ބަހައްޓާފައި ހުރި ކިއުބެކް ސްޓޯރޭޖުންނެވެ.