މެލޭޝިއާއާގައި އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތް ވާ ފިރިހެނެކެވެ.

އޭނާ އަކީ މެލޭޝިއާގައި ކިޔަވާ ދަރިވަރެއް ކަމަށް ވާއިރު މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރިއީން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައެވެ.