ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލްގައި އުރީދޫގެ ހިދުމަތްތައް ލިބޭނެ ގޮތް ހަދައި، ކައުންޓަރެއް ހުޅުވައިފިއެވެ.

އުރީދޫން ބުނީ، ރެޑްވޭވްގައި އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދޭ ކައުންޓަރެއްް ހުޅުވީ އެ ކުންފުންޏާއި ރެޑްވޭވާ އެކު އޮތް ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިއަދު އުރީދޫން ހުޅުވި ކައުންޓަރުން ކަސްޓަމަރުންނަށް ދޭނެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އުރީދޫ ސިމް ކާޑު ގަތުން
  • އުރީދޫގެ ބިލުތައް ދެއްކުން
  • ސުޕަނެޓާއި 5ޖީ ފަދަ ހިދުމަތްތައް ދިނުން
  • އެންމެ ފަހުގެ ޕްރޮމޯޝަންތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިނުން

މި ކައުންޓަރުގެ ސަބަބުން އުރީދޫގެ އެހެނިހެން އައުޓްލެޓުތަކަށް އިތުރު ދަތުރެއް ނުކޮށް، ރެޑްވޭވް މޯލަށް ވިޔަފާރިކުރަން ދާ ކަސްޓަމަރުންނަށް ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބި، ވަގުތު ސަލާމަތްވެގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ރެޑްވޭވް މޯލްގައި ހުޅުވި ކައުންޓަރުން ހިދުމަތްތައް ދޭނީ އެ ފިހާރަ ހުޅުވާފައި ހުންނަ ވަގުތުގައި ކަމަށެވެ.