އުރީދޫގެ ލޯގޯ ހިމެނޭ ފޮޓޯއެއް ނަގައިގެން އިންސްޓެކްސް މިނީ40 ކެމެރާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ މިއީ ދުނިޔޭގެ ފޮޓޯގްރަފީ ދުވަހާއި ގުޅިގެން އަދި އުރީދޫއަށް 20 އަހަރު ފުރުން އެކުގައި ފާހަގަކުރުމަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި، އުރީދޫއާ ގުޅުންހުރި ތަފާތު އުފެއްދުންތެރި ފޮޓޯތައް މި ހަރަކާތުގެ ޒަރީއާއިން ފެނިގެން ދާނެ ކަމަށެވެ.

އުރީދޫ އިން ބުނީ އިންސްޓެކްސް މިނީ40 ކެމެރާއެއް ހޯދުމަށް އުރީދޫގެ ލޯގޯ ހިމެނޭ އުފެއްދުންތެރި ފޮޓޯއެއް ނަގަން ޖެހޭ ކަމަށެވެ. އެގޮތުން އުރީދޫގެ ހެޑްކުއާޓާ، ފިހާރަތައް، ބިލްބޯޑުތައް، ސިމްކާޑުތައް ނުވަތަ މާޗަންޑައިޒް ފަދަ ތަނެއްގެ ފޮޓޯ ނެގިދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ ފޮޓޯ ނެގުމަށްފަހު އިންސްޓަގްރާމް، ފޭސްބުކް ނުވަތަ އެކްސްގައި #Ooredoo20 ޓެގްކުރުމަށްފަހު @OoredooMaldives މެންޝަންކޮށް، އަދި މި ޕޯސްޓުގައި #Ooredoo20 ޖެހުމަށްފަހު ކޮމެންޓު ކުރަން ޖެހޭ ކަމަށެވެ.

ފޮޓޯ އަޕްލޯޑު ކުރާ ފަރާތަކީ ޕްރައިވެޓް އެކައުންޓެއް ގެންގުޅޭ ފަރާތެއް ނަމަ އެ ފޮޓޯގެ ސްކްރީންޝޮޓެއް ނެގުމަށްފަހު އުރީދޫއަށް ފޮނުވަން ޖެހޭ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ. އުރީދޫ އިން ބުނީ މި ހަރަކާތުގައި ބައިވެރިވެވޭނެ ސުންގަޑި އަކީ މި މަހުގެ 31 ކަމަށެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މޭސްތިރިއެއް ކަމަށްވާ އުރީދޫއަށް 20 އަހަރު ފުރުނީ މި މަހުގެ 1 ވަނަ ދުވަހަށްވީއިރު، އެ ކުންފުނީގެ އަހަރީ ދުވަހާއި ގުޅިގެން ތަފާތު އެކި ހަރަކާތްތަކާއި އޮފާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އައިސްކޯނު ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު މި ހަރަކާތުގައި އާންމުންނާއި ކުޑަކުދިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އުރީދޫއިން އާންމުންނަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައެވެ. އަދި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ވަތަނިއްޔާއިން 'އުރީދޫ މޯލްޑިވްސް' އަށް ކުންފުނި ރީބްރޭންޑު ކުރީ 2013 ވަނަ އަަހަރުއެވެ.