އުރީދޫގެ ނޭޝަން އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމްތައް އެއްތަނަކަށް އެއްވެ، ދުނިޔޭގެ އެންމެ މަގުބޫލު ތިން ވާދަވެރި ޓައިޓަލް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ހުންރުވެރި ކުޅުން ދައްކާލާފައިވާ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ މި ފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ވަރުގެ ބައިވެރިވުމެއް ފެނިފައިވާ ކަމަށާއި އެގޮތުން އީއޭއެފްސީ ގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވެފައިވާއިރު އެމްއެލްބީބީގައި 5 ކުންފުންޏަކުން 63 ކުޅުންތެރިން އަދި ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 52 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.
މުބާރާތުގައި ތަފާތު ވަނަތައް ހާސިލުކޮށްފައިވާ ޓީމްތައް:
ޕަބްޖީ މޮބައިލް:
- 1 ވަނަ: ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް
- 2 ވަނަ: އެމްޓީސީސީ
- 3 ވަނަ: މޯލްޑިވްސް ކަސްްޓަމްސް ސާވިސަސް
އެމްއެލްބީބީ:
- 1 ވަނަ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
- 2 ވަނަ: މޯލްޑިވްސް ކަސްްޓަމްސް ސާވިސަސް
- 3 ވަނަ: ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް)
އީއޭއެފްސީ:
- 1 ވަނަ: ޖަނާން މުހައްމަދު - މޯލްޑިވްސް ކަސްޓަމްސް ސާވިސް
- 2 ވަނަ: މާހިލް މުހައްމަދު - ޕްރިހާބް ޕްރައިވެޓް ލިމިޓެޑް
- 3 ވަނަ: ހުސެއިން ޔައީޝް – ހިވިން އިންވެސްޓްމަންޓްސް
އުރީދޫ އިން ވަނީ 1 ވަނަ ހާސިލުކުރި ޓީމްތަކަށް 5000ރ، 2 ވަނަ ހާސިލުކުރި ޓީމްތަކަށް 3000 އަދި 3 ވަނަ ހާސިލު ކުރި ޓީމްތަކަށް 2000ރ ގެ ފައިސާގެ އިނާމް ދީފައެވެ.
އުރީދޫ އިން ބުނީ މި މުބާރާތުން ކޯޕަރޭޓް ދުނިޔޭގައި އީސްޕޯޓްސްގެ މަގުބޫލުކަން އިތުރުވުމުގެ އިތުރުން ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމް ސްޕިރިޓަށް ވެސް ހިތްވަރު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މި މުބާރާތާއެކު އީސްޕޯޓްސް މުޖުތަމައުތައް ކުރިއެރުވުމަށާއި ޑިޖިޓަލް މުނިފޫހިފިލުވުމުގެ އުފެއްދުންތެރި ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތްވެސް ހާމަވެގެން ދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.