އުރީދޫ މޯލްޑިވްސްގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް *929# އަށް ފިތާލައިގެން ސުޕަޑީލްގެ އޮފާތައް ހިޔާރު ކުރެވިދާނެއެވެ. ޕޯސްޓްޕެއިޑް އާއި ޕްރީ ޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާތައް ހިޔާރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫން އިން ބުނީ، *929# އަށް ފިތާލައިގެން ގިނަ ހިދުމަތްތަކަށް އެދެވޭ ގޮތަށް ބަދަލު ގެނެސްފައިވާ އިރ، ސުޕަ ޑީލްތައް ހޯދޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޑޭޓާގެ އޮފާތަކާއި އަންލިމިޓެޑް ކޯލް ކުރެވޭ އޮފާތަކާއި ޓީކްޓިކް ފަދަ ސޯޝަލް މިޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރުމަށް އޮފާތަކާއި އަދިވެސް ހާއްސަ ޑިސްކައުންޓް ލިބޭ އެތައް އޮފާއެއް ހިމެނެއެވެ.
މިހާރު ސުޕަޑީލް އިން ލިބެން ހުރި ބައެއް އޮފާތައް:
- 500 ރުފިޔާއަށް 35 ޖީބީ ރެގިއުލާ ޑޭޓާގެ އިތުރުން 5 ޖީބީ ސޯޝަލް ޑޭޓާ މަސް ނިމެންދެން
- 1000 ރުފިޔާއަށް 50 ޖީބީ ރެގިއުލާ ޑޭޓާގެ އިތުރުން 50 ޖީބީ ސޯޝަލް ޑޭޓާ މަސް ނިމެންދެން
- 350 ރުފިޔާއަށް 15 ޖީބީ ރެގިއުލާ ޑޭޓާގެ އިތުރުން 2 ޖީބީ ސޯޝަލް ޑޭޓާ މަސް ނިމެންދެން
- 750 ރުފިޔާއަށް 50 ޖީބީ ރެގިއުލާ ޑޭޓާގެ އިތުރުން 25 ޖީބީ ސޯޝަލް ޑޭޓާ މަސް ނިމެންދެން
- 600 ރުފިޔާއަށް 50 ޖީބީ ރެގިއުލާ ޑޭޓާގެ އިތުރުން 10 ޖީބީ ސޯޝަލް ޑޭޓާ މަސް ނިމެންދެން
- 102 ރުފިޔާއަށް އަންލިމިޓަޑް އުރީދޫ ކޯލިން 4 ހަފްތާއަށް
އުރީދޫން ދޭ ސުޕަޑީލް އޮފާތަކުގެ ތެރެއިން އެކި ކަސްޓަމަރުންނަށް ފެންނަން ހުންނާނީ އެކި އޮފާތައް ކަމަށް އެ ކުންފުނިން ބުނެއެވެ. ބައެއް ކަސްޓަމަރުންނަށް 5 އޮފާ ފެންނަން ހުރި ކަމުގައި ވިޔަސް އަނެއްބައި ކަސްޓަމަރުންނަށް 4 އޮފާ ފެނިދާނެއެވެ. މި އޮފާތައް އަންނަނީ ބަދަލުވެސް ވަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
*929# އިން ސުޕަޑީލްގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ހޯދޭނެއެވެ. އޭގެ ތެރޭގައި އެސްއެމްއެސް އާއި އެޑްއޮންސް އާއި ބޯނަސް ޑޭޓާ ވެސް ނެގޭނެއެވެ.