ހައިވޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ކުރިމަތިވި ޓްރެފިކް ތޮއްޖެހުން މިހާރު ވަނީ ހައްލުވެފައި ކަަމަށް ފުލުހުން ބުނެފިއެވެ.
މިއަދު އިރުއިއްސުމާ ގާތްވެފައި ވަނީ މާލެއިން ހުޅުމާލެއަށް ދާ ހައިވޭގެ ލޭންގައި ވަނީ ހަތަރު ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓްގެ ސަބަބުން ދޮޅުގަޑި އިރެއް ހާއިރަށް އެ ލޭންގެ ޓްރެފިކް ބްލޮކް ވެ ސިމާލެ ބްރިޖް މާލެއާ ހަަމައަށް އޮތީ ޓްރެފިކް ކިއު ދިގުވެފައެވެ.
ފުލުހުން ބުނީ، މިހާރު ޓްރެފިކްގެ ތޮއްޖެހުން ހައްލު ކޮށްފައިވާ ކަމަށާއި މި ކަމާ ގުޅިގެން އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަަމަށެވެ.
މިއަދު މި އެކްސިޑެންޓް ހިނގި ވަގުތު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހުޅުމާލެއަށް ވަޑައިގަތުމަށް އޭރު އިންނެވީ ހައިވޭގައި އެމަނިކުފާނުގެ ކާރުކޮޅުގައެވެ. އެކްސިޑެންޓް ހިނގައި އެ ސަރަހައްދުގައި ޓްރެފިކް ހުއްޓިފައިވާ އިރު، ފައިސަލް ނަސީމް އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އެހީތެރިވެ ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.
އެ ވީޑިއޯގައި މަގުމަތީގައި އޮތް މީހާއާ ނައިބު ރައީސް ވާހަކަފުޅު ދައްކަވާ މަންޒަރު ފެނެއެއެވެ. އަދި އެއަށްފަހު އެމަނިކުފާނު ފޯނުން ގުޅުއްވައިގެން ވާހަކަފުޅު ދައްކަވާ މަންޒަރު ވެސް ފެނެއެވެ.
މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެ ލިބުނު ގެއްލުން ފުލުހުން ހާމަކޮށްފައި ނުވާ އިރު، އުޅަނދުތަކަށް ލިބުނު ގެއްލުން ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.