ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ލޭން ގެ ޓްރެފިކް ބްލޮކް ވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިންގާފައި ވަނީ ސިނަމާލެ ބްރިޖެ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ކަަމަށެވެ. އެކްސިޑެންޓް ހިނގީ ހަތަރު ކާރު ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަން އަދި ސާފެއް ނުވެއެވެ. އެކްސިޑެންޓަގައި އުޅަނދުތަކަށް ލިބުނު ގެއްލުން ވެސް އަދި ސާފެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވާ ކަަމަށް މައުލޫމާތު ލިބެނީ މިއަދު އިރުއޮއްސުމުގެ ކުރިންނެވެ. އެކްސިޑެންޓްގެ ސަބަބުން ހައިވޭ އާއި ބްރިޖްގެ މާލެއިން ހުޅުމާލެއަށް ދާ ލޭންގެ ޓްރެފިކް ވަނީ ހުއްޓިފައެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓާ ގުޅިގެން އެ ސަރަހއްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ. އަދި ބްރިޖް ބްލޮކް ވެފައިވާތީ އެކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލު ވުމަށެވެ.